ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހާއްސަ ކޮއްގެން ވެލިގާ ހާޑްވެއަރ އަދި ބްލަންކް އިން ޙާއްސަ ޕެކޭޖެއް ތައާރަފް ކޮއްފިއެވެ.

ފްލެޓް ފިނިޝިން މަސައްކަތަށް ކޮންމެހެން ބޭނުންވާނެ ހުރިހާ ސާމާނެއް ހިމަނައިގެން އެކުލަވާލަިއފައި ވާ މިޕެކޭޖު ގެ އަގަކީ 33,000 ރުފިޔާއެވެ. ޕެކޭޖުގެ ހިމެނޭ ސާމާނުގެ އިތުރުންވެސް ކަސްޓަމަރުން ބޭނުންނަމަ އެޑް-އޮންސް ގެ ގޮތުގައި ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި ހާއްސަ އަގެއްގައި ލިބިގެން ދާނެއެވެ.

"މި ޕެކޭޖުން ފެލެޓަށް ވަނުމަށް ބޭނުން ވާނެ ހުރިހާ ސާމަނެއް ކަސްޓަމަރުންނަށް ލިބިގެން ދާނެ. އިތުރަށް ބޭނުންވާ ސާމާނާއި އެކު ޕެކޭޖް ކަސްޓަމައިޒް ކުރުމުގެ ފުރުސަތުވެސް އޮންނާނެ. ޕެކޭޖުގެ އިތުރުން މިހާރު އަޅުގަނޑުމެން ވާނީ ހިޔާ ފްލެޓަށް ޙާއްސަ ކޮށްގެން އައިޓަމް ކެޓަލޮގެއް ވެސް ހަދާފަ. އެކި ރޭންޖުތަކުގެ ކަސްޓަރުންނަށް ބޭނުން ވާނެ ހުރިހާ ސާމާނެއް ކަސްޓަމަރުންނަށް މީގެން ބަލާލެވެން ހުންނާނެ." – މިފްޒާން މުހައްމަދު, ކޯޕަރޭޓް ސޭލްސް މެނޭޖަރ.

ވެލިގާ ހުރިހާ ފިހާރަ އަކުންވެސް ކަސްޓަމަރުންނަށް މި ޕެކޭޖް ނެގޭނެ އިންތިޒާމު ހަމަ ޖެހިފައިވާ އިރު, މޯލްޑިވްސް އިސްލާމިކް ބޭންކް, އެމް,އެފް.އެލް.ސީ އަދި ބީ.އެމް.އެލް ފައިނޭންސިން މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ޕެކޭޖް ނެގޭނެއެވެ. އަދި ޕެކޭޖާއި ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް 3337827 ގުޅައިގެން އަދި corporate@veligaa.com އަށް އީމެއިލް ކޮއްގެން މައުލޫމާތު ސާފުކުރެވޭނެއެވެ.


Press Contact:
Irufaau Abdullah 9993411