އާ އަހަރާއި ދިމާކޮށް ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ފިހާރަތަކުން ކުރިޔަށް ގެންދިޔަ "އާފެށުމަކަށް" ޕްރޮމޯޝަންގެ ނަސީބުވެރިފަރާތް ހޮވާ، އެފަރާތަށް އެއްލައްކަ ރުފިޔާގެ ވައުޗަރު ހަވާލުކޮއްފިއެވެ. ނަސީބުވެރި ފަރާތް ހޮވުމަށް ގުރުއަތުލުން ކުރިއަށްގެންސްފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ވެލިގާ ހާޑްވެއަރ މަޖީދީ މަދު ފިހާރައިގައެވެ.މި އިވެންޓް ވަނީ ވެލިގާ ހާޑްވެއަރ އަދި ބްލަންކް ގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާފައެވެ.

ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް، ލަޔާގަތު އަށް ވައުޗާރ ހަވާލުކުރީ ވެލިގާ ހާޑްވެއަރ ގެ ޑިރެކްޓަރ، އަބޫބަކުރު މުހައްމަދު އެވެ. މިފަރާތަށް މި ވައުޗަރ ބޭނުން ކޮއްގެން ވެލިގާގެ ފިހާރަތަކުން ވައުޗާރ ގެ އަދަދަށް ވިޔަފާރި ކުރެވޭނެއެވެ.

ހަ ހަފްތާގެ މުއަދަތަށް ކުރިއަށް ދިޔަ މިޕްރޮމޯޟަނުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް އަދި އިތުރަށް ކުރާ ކޮންމެ ސަތޭކަ ރުފިޔާގެ ވިޔަފާރިޔަކަށް އިތުރު ކޫޕަނެއް ކަސްޓަމަރުންނަށް ވަނީ ދޫކޮއްފައި ވާއިރު އެއްހާސް ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ނަސީބުގެ ބުރު އަނބުރާލައިގެން ވަގުތުންވެސް ވަނީ އެތައް އިނާމު ތަކެއް ކަސްޓަމަރުނަށް ދޫކުރެވިފައެވެ. މިގޮތުން ދޫކުރެވިފައިވާ އިނާމު ތަކުގެ ތެރޭގައި ކަށިގަނޑު ސެޓު، ޕަވާ ބޭންކް، އެކްޝަން ކެމެރާ، ނޯޓު ފޮތް ފަދަ އެތަށް އިނާމު ތަކެއް ހިމެނެއެވެ.

ވެލިގާ އަދި ބްލަންކް ގެ ކަސްޓަމަރުންގެ ފަރާތުން މި ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިފައި ވާއިރު ކުރިއަށްވެސް ވެލިގާ ހާޑްވެއަރ އަދި ބްލަންކް ފިހާރަތަކުން ތަފާތު ޕްރޮމޯޟަންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ.


Press Contact:
Irufaau Abdullah 9993411