ވެލިގާގެ ފިހާރަތަކުން ވައިބަރ ޕްރޮމޯޝަނެއް ފަށައިފިއެވެ. ދިވެހިންގެ ތެރޭގައި މަގުބޫލް ވައިބަރ ގައި ހަދާފައިވާ ވެލިގާ ފިހާރަތަކުގެ ކޮމިއުނިޓީ ތަކުން ކޮމިއުނިޓީއަކަށް ވެދެގެން މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ވެލިގާގެ ކޮންމެ ފިހާރައަކުން 3 ނަސީބުވެރިން އަދި ބްލަންކް ފިހާރައިގެ ކޮމިއުނިޓީން 5 ނަސީބުވެރިން ހޮވާ ނަސީބުވެރި ކޮންމެ ފަރާތަކަށް 1500 ރުފިޔާގެ ގިފްޓް ވައުޗަރެއް ހަވާލު ކުރެވޭނެއެވެ. ނަސީބުވެރި ފަރާތްތަކަށް މި ވައުޗާރ ބޭނުން ކޮއްގެން ވެލިގާގެ ފިހާރަތަކުން ވައުޗާރ ގެ އަދަދަށް ވިޔަފާރި ކުރެވޭނެއެވެ.

"ކޮވިޑާއި ގުޅިގެންް އާންމުކޮށް ވިޔަފާރިކޮށް އުޅޭ ގޮތަށް މިވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ. ފިހާރައަށް އައިސް މުދާ ބަލައި މުދަލުގެ މައުލޫމާތު ހޯދުން މިހާރު އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. މިހެންވެ ކަސްޓަމަރުނާއި އަޅުގަނޑުމެންގެ ޓީމުގެވެސް ރައްކާތެރިކަމަށް އަޅުގަނޑުމެން މި އެދެނީ ފިހާރައަށް ނައިސް ފޯނު މެދުވެރިކޮށް މި ހިދުމަތްތަކުގެ ބޭނުން ކުރުމަށް. ވައިބާރ ގައި މި ޕްރޮމޯޝަން ހިންގުމުގެ މައިގަނޑު ބޭނުމަކީވެސް ކަސްޓަމަރުން ފިހާރައަށް އައުން މަދުކޮށް، ފޯނު މެދުވެރިކޮށް މުދާ އޯޑަރ ކުރުމަށް ބާރު އެޅުން." – އިރުފާއު އަބްދުﷲ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ

ގައިދުކުރުމާއި ބަލިފެތުރުމުން ރައްކާތެރި ވެވޭނެ ގޮތްތައް ހިޔާރު ކުރުމަށް އަޅުގަނޑުމެންގެ ކަސްޓަމަރުން ގެ ފަރާތުން އެދެމެވެ. ސޯޝަލް މިޑީއާ ޕްލެޓްފޯމް ތަކާއި އަޅުގަނޑުމެންގެ ފޯނުތައް ވަނީ މިގޮތައް ހިދުމަތް ދިނުމަށް ބޮޑެތި ބަދަލު ތަކެއް ގެނެވިފައެވެ.

ވައިބާރ ކޮމިނިޓީސް:

ވެލިގާ ހާޑްވެއާރ 1 (މާފަންނު)

http://ow.ly/llBe50AzNjl 

ވެލިގާ ހާޑްވެއާރ 2 (ޖަނަވަރީ މަގު)

http://ow.ly/N2bu50AzNji 

ވެލިގާ ހާޑްވެއާރ 3 (ބާޒާރު)

http://ow.ly/pUmw50AzNjj 

ވެލިގާ ހާޑްވެއާރ 4 (މަޖީދީ މަގު)

http://ow.ly/4gB350AzNjp 

ވެލިގާ ހާޑްވެއާރ 5 (ހުޅުމާލެ)

http://ow.ly/XIpF50AzNjs 

ބްލަންކް (މާލެ، ހުޅުމާލެ)

http://ow.ly/J4Vz50AzNjo 


Press Contact:
Irufaau Abdullah 9993411