ވެލިގާ ހާޑްވެއާރ އަދި ބްލަންކް ގެ ކަސްޓަމަރުނަށް ފޯނު މެދުވެރިކޮށް މުދާ ގަނެ ހިލޭ ގެންގޮސް ދިނުމުގެ ހިދުމަތެއް ފަށައިފިއެވެ.

މި ހިދުމަތަކީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އަޅަފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާންމުން ބޭރުތެރެއަށް ނިކުމެ އުޅުން މަދުކުރުމަށް އަންގާފައިވާ އެންގުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަސްޓަމަރުން ފިހާރަޔަށް ޒިޔާރާތް ނުކޮށް ބޭނުންވާ މުދާ ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ފަށާއިފައިވާ ހިދުމަތެކެވެ.

މި ހިދުމަތް ކަސްޓަމަރުނަށް ފޯރުކޮށްދިނުމަށް ވެލިގާ އަދި ބްލަންކް ގެ ކޮންމެ ފިހާރައެއްގައި ވަނީ މިކަމަށް ހާއްސަ ހޮޓްލައިން އެއް ގާއިމު ކުރެވިފައެވެ. މިއިން ކޮންމެ ނަންބަރަކަށް ގުޅައިގެންވެސް ކަސްޓަމަރުނަށް ބޭނުންވާ މުދަލާއި ބެހޭ މައުލޫމާތާއި މުދަލުގެ އަގު ބަލާ މުދާ އޯޑަރު ކުރެވޭނެއެވެ. މިގޮތުން ކޮންމެ ދުވަހެއްގެ ވެސް މެންދުރު 03:00 ގެ ކުރިން ކުރާ 100ރ އިން މަތީގެ ހުރިހާ އޯޑަރެއް އެދުވަހުގެ ތެރޭގައި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެވޭނެއެވެ.


Press Contact:
Irufaau Abdullah 9993411