ވެލިގާ ހާޑްވެއަރ އަދި ބްލަންކް ފިހާރަތަކުން މި އަހަރުގެ ރޯދަމަހަށް ހާއްސަކޮއްގެން ކުރިއަށް ގެންދިޔަ ރޯދަ ސޭލުގެ ނަސީބުވެރިން ހޮވާ މިފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ. ނަސީބުވެރިން ހޮވުމަށް ގުރުއަތުލުން ބާއްވާފައިވަނީ 22 އޭޕްރީލް ވީ ބުރާސްފަތި ދުވަހުގެ ރޭ 22:00 ގައެވެ. މި އިވެންޓް ވަނީ ވެލިގާ ހާޑްވެއަރ އަދި ބްލަންކްގެ ފޭސްބުކް ޕޭޖް އިން ވަގުތުން އާންމުންނާ ހަމައަށް ގެނެސްދީފައެވެ. ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން ކުރިއަށް ގެންދެވިފައިވަނީ މިއަދު (26 އޭޕްރިލް 2021) 13:30 ގައި ވެލިގާ ކޯޕަރޭޓް ސެންޓަރުގައެވެ.

15 މާރޗް އިން ފެށިގެން 20 އޭޕްރިލް ނިޔަލަށް %30 ޑިސްކައުންޓާއި އެކު ކުރިއަށް ދިޔަ މި ޕްރޮމޯޝަނުގައި ކަސްޓަމަރުން ކޮއްފައިވާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރެވިފައިވެއެވެ. އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިން ޕްރޮމޯޝަން މެނޭޖުމެންޓް ސިސްޓަމެއް ބޭނުން ކޮއްގެންނެވެ. ވިޔަފާރި ކުރާ އިރު, ކަސްޓަމަރުގެ ފޯނު ނަންބަރު ކެޝިއަރަށް ދިނުމުން ފޮނުވޭ މެސެޖުގައި ވާ ލިންކަށް ވަދެ ކަސްޓަމަރުގެ މައުލޫމާތު ފުރިހަމަ ކުރުމުން ކަސްޓަމަރުންނަށް ޕްރޮމޯޝަނުގައި ބައިވެރިވެވޭ ގޮތަށެވެ. ޕްރޮމޯޝަނުގެ ކަންކަން ކުރިއަށް ދިޔަގޮތް އަދި ނަސީބުވެރިން ހޮވުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް މިނިވަން އޮޑިޓް ކުންފުނި, އޭ.އައި.އެކްސް. އެސޯސިއޭޓްސް އިން ވަނީ ބަލާ ރިވިއު ކޮއްފައެވެ.

ނަސީބުވެރި ފަރާތްތައް:

50,000 ރ ވައުޗަރ, ފަޒާލް ތައުފީޤް, 017934                

30,000 ރ ވައުޗަރ, ހާޝިމް އަބްދުލް ޙަކީމް, 059861            

20,000 ރ ވައުޗަރ, އަމްނު އަޙުމަދު, 003834               

މެޓާބޯ ޓޫލްސެޓު, އަޙުމަދު, 048060                      

މެޓާބޯ ޓޫލްސެޓު, ޢަބްދުالله ސަޢީދު, 009516                

ހޯމް ޑެކޯރ ކިޓު, ޢަބްދުالله ޒުހުރީ, 022382                  

ހޯމް ޑެކޯރ ކިޓު, އަޙުސަން މުޙައްމަދު, 044085

ކޮފީ މެޝިން, މުޙައްމަދު ޝައިފާން, 043485

ކޮފީ މެޝިން, އެމް.ޑީ އަބޫ ޔޫސުފް, 015734

ލެޕް ޓޮޕް, މޫސާ ޖިނާން, 023548

ލެޕް ޓޮޕް, މުޙައްމަދު ޝައުޔާ, 021964

ޓީވީ, އަޙުމަދު ޙުސައިން, 010075

ޓީވީ, އާދަމް ނަސީރު, 008196

 ނަސީބުވެރިންނަށް އިނާމު ހަވާލު ކުރުމުގެ ފޮޓޯތައް: https://web.facebook.com/veligaahardware/posts/2744545632429590

ވެލިގާގެ އެހެން ޕްރޮމޯޝަންތަކާއި އެއްގޮތަށް މިއަހަރުގެ ރޯދަ ސޭލަށްވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި މިއަހަރު ކުރިއަށްވެސް މިފަދަ ޕްރޮމޯޝަންތަކެއް ރޭވިފައި އެބަހުއްޓެވެ.


Press Contact:
Irufaau Abdullah 9993411