ވެލިގާ ހާޑްވެއާރ އަކީ 2008 ވަނަ އަހަރު ހާޑްވެއަރ ވިޔަފާރީގެ ތެރެއަށް އައިސްފައިވާ ކުންފުންޏެކެވެ. ވެލިގާ ހާޑްވެއާރ 3، ވެލިގާ ބާޒާރު ފިހާރަ އެންމެ ފުރަތަމަ ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

 

6 އަހަރަށް ފަހު މިއަދު ވެލިގާ ހާޑްވެއާރ ބާޒާރު މިއަދު މިވަނީ އެހެން ތަނަކަށް ބަދަލު ކުރެވިފައެވެ. ބޮޑުތަކުރުފާނު މަގު ކަސްޓަމްސް ކައިރި ހުޅުވި މިފިހާރައަކީ ކުރީގެ ފިހާރާއާއި އަޅާބަލާއިރު ޖާގަ ބޮޑު، ތަނަވަސް ފިހާރައެވެ. އަދި ވެލިގާ ހާޑްވެއާރ ގެ އެހެން ހުރިހާ ފިހާރަތަކުން ލިބޭ ހުރިހާ މުދަލެއް މިހާރު މި ފިހާރައިންވެސް ފަސޭހަކަމާއި އެކު ކަސްޓަމަރުނަށް ލިބޭނެއެވެ.

 

ވެލީގާ ހާޑްވެއާރ ބާޒާރު އަލުން ހުޅުވޭއިރު ކަސްޓަމަރުންނަށް އިތުރަށް ލިބިގެން ދާނެ ފަސޭހަތަކަށް ބަލާއިރު، ހާއްސަކޮށް ދަތުރުވެރިންނަށް ރަށުތެރެއަށް ނުގޮސް ބާޒާރުމަތިން ބޭނުންވާ މުދާ ގަންނަން ލިބުން ހިމެނެއެވެ. އަދި ހަމަމިއާ އެކު ކަސްޓަމަރުންނަށް މުދާފޯރުކޮށްދިނުމުގައި ވެސް އަވަސްވެ، ކަސްޓަމަރުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.

 

މި ފިހާރަ ހުޅުވުމާ ގުޅޭގޮތުން ވެލިގާ ހާޑްވެއަރ ޑިރެކްޓަ އައްބާސް މުހައްމަދު ވިދާޅުވީ "މި ފިހާރަ މިހާރު މިވަނީ އިތުރަށް ބޮޑު ކުރެވިފަ، ކުރިން ޖާގާގެ ގޮތުން ކުޑަވީމަ ވަރަށް މަދު އެއްޗެއް މިގެންގުޅެވެނީ، މިހާރު އެކަމަށްވެސް ހައްލެއް ލިބިގެން މިދިޔައީ. މިހާރު ވެލިގާގެ އެހެން ފިހާރައަކުން ލިބޭ ހުރިހާ އެއްޗެއް މިތަނުންވެސް ކަސްޓަމަރުންނަށް ލިބެން ހުންނާނެ. އަދި މި ސަރަހައްދަކީ ކާޕެންޓްރީ ތަކާއި ވޯކްޝޮޕްތަށް ވެސް ގިނަ ސަރަހައްދެއް، އެހެންވީމާ މިފިހާރާއިން މިފަރާތްތަކަށްވެސް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ. އަތޮޅުތަކުން އަންނަ ދަތުރުވެރިންނަށްވެސް މާލެ ތެރެއަށް ނުގޮސް ހުރިހާ އެއްޗެއް ގަނެ ހަމަކޮށް ނިންމާލެވޭނެ މިހާރު މިތަނުން."

 

ވެލިގާ ހާޑްވެއާރ އަށް މިއަހަރު 10 އަހަރު ފުރިފާވާއިރު މިހާތަނަށް ވެލިގާ ހާޑްވެއާރގެ 5 ފިހާރައެއް ހުޅުވާފައިވެއެވެ. މީގެ އިތުރުން ފާހާނާ އާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ތަކެއްޗަށް ހާއްސަ ފިހާރައެއް ބްލަންކް ގެ ނަމުގައި ވަނީ ހުޅުވާފައެވެ.


Press Contact:
Hussain Firushan +960 9658262