ވެލިގާ ހާޑްވެއާރ އިން މެޓާބޯގެ އުފެއްދުން ތަކަށް ހާއްސަކޮށްގެން އެކްސްޕީރިއެންސް ސެންޓަރެއް ހުޅުވަފިއެވެ. މިސެންޓަރު ހުޅުވާފައި ވަނީ ވެލިގާ ހާޑްވެއާރ 4ގެ (މަޖީދީ މަގު ފިހާރަ) ފުރަތަމަ ފްލޯގައެވެ.

2017 ވަނަ އަހަރު ރާއްޖޭގެ މާރކެޓަށް ތައާރަފުކުރެވުނު ޖަރުމަނު ވިލާތުގެ މި ބްރޭންޑުގެ އުފެއްދުން ވަނީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދިވެހި މަސައްކަތްތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އަލަށް މި ހުޅުވުނު މި ސެންޓަރުންގެ ސަބަބުން ކަސްޓަމަރުންނަށް މެޓާބޯގެ ހުރިހާ އުފެއްދުންތަކެއް އެއްތަނަކަކުން ބަލާލާ، ޕްރޮޑަކްޓް ގަތުމުގެ ކުރިން ކަސްޓަމަރުންނަށް މި އުފެއްދުންތައް އަމިއްލައަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެެންދާނެއެވެ. އަދި މީގެ އިތުރުން ޕްރޮޑަކްޓް ތަކާއި ބޭހެގޮތުން ކަސްޓަމަރުން އޮޅުން ފިލުވަންބޭނުންވާ ހުރިހާ މައުލޫމާތެެއްވެސް ފަސޭހަކަމާއި އެކު ލިބިގެންދާނެއެވެ.

"މި ސެންޓަރ ހުޅުވުމުގެ އެންމެ މުހިންމު ބޭނުމަކީ ކަސްޓަމަރުންނަށް ފަސެހާކަމާއި އެކީ އެއްތަނަކުން އަޅުގަނޑުމެންގެ އަތުން ލިބެން ހުރި ހުރިހާ ޕްރޮޑަކްޓްތަކެއް ފޯރުކޮއްދީ، ކަސްޓަމަރުންނަށްވެސް އައިސް ގަތުމުގުގެ ކުރިން މި ޕްރޮޑަކްޓްތަކުގައި އަތްލާ، އެކްސްޕީރިއެންސް ކޮއްލުމުގެ ފުރުސަތު ހޯދާދިނުން." މަހުދީ އިޖާޒު، މެޓާބޯ ޕްރޮޑަކްޓް މެނޭޖަރ

މެޓާބޯގެ އުފެއްދުން ތަކަށް ދިމާވަ އެކިއެކި މައްސްލަތަކަށް ހައްލު ކުރުމުގެ ގޮތުން ސާރވިސް ސެންޓަރެއްވެސް ވެލިގާއިން ވަނީ ހުޅުވާފައެވެ.އަދި މީގެ އިތުރުންވެސް ވެލިގާއިން އަންނަނީ ދުނިޔޭގެ ނަން މަޝްހޫރު އެތަށް ބްރޭންޑެއްގެ އުފެއްދުންތަކެއް ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުންނެވެ. 2008ވަނަ އަހަރުން ފެށިގެން ހާޑްވެއާރ ވިޔަފާރި ކުރަމުން އަންނަ މި ކުންފުނިން މިހާރު ވަނީ މާލެ، ހުޅުމާޅެ އެކުލެވޭ ގޮތަށް ވެލިގާ 5 ފިހާރައެއް ހުޅުވާ ފަހާނާ އަދި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ޕްރޮޑަކްޓް ތަކަށް ހާއްސްކޮށްގެން ބްލަންކުގެ ނަމުގައި ފިހާރައެއް ހުޅުވާފައެވެ. އަދި މީގެ އިތުރުން ވެލިގާ އިން ވިޔަފާރި ކުރާ ބޮޑެތި ކޯޕަރޭޓް ކަސްޓަމަރުން ދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ކޯޕަރޭޓް ކަސްޓަމަރ ސެންޓަރ އެވެސް ހުޅުވާފައެވެ.


Press Contact:
Irufaau Abdullah +960 3327826