ވެލިގާ ހާޑްވެއާގެ މިއަހަރުގެ ރޯދަ ސޭލް ފެށިއްޖެއެވެ. ވެލިގާ ހާޑުވެއާރއިން ރޯދަމަހަށް ހާއްސަކޮށްގެން ބޮޑެތި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެއެވެ. މިއަހަރުގެ ރޯދަ ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން މޭ މަހުގެ 10 ވަނަދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ވެލިގާ ހާޑްވެއާރގެ ފިހާރަތަކާއި ބްލަންކް ޝޯރޫމުން ވިޔަފާރި ކުރާ ފަރާތްތަކަށް %35 އާހަމައަށް ޑިސްކައުންޓު ލިބޭނެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގައި ބައިވެރިވެ ވެލިގާ ހާޑްވެއާރގެ ފިހާރަތަކާއި ބްލަންކް ޝޯރޫމުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެއެވެ. އަދި ކޫޕަން ލިބޭ ފަރާތްތަކުގެ މެދުން ކޮންމެ ދުވަހަކު, ކޮންމެ ފިހާރައަކުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 500 ރުފިޔާގެ އަގުހުރި ވައުޗާއެއް ލިބޭނެއެވެ. މި ވައުޗާރ ބޭނުން ކޮށްގެން ވެލިގާ ހާޑްވެއާރގެ ފިހާރަތަކާއި ބްލަންކް ޝޯރޫމުން މުދާ ގަނެވޭނެވެ.

2008 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއާރ އިން ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑެއް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައެވެ. އަދި ހާޑްވެއާ ވިޔަފާރީގެ ކުރީ ސަފުގައި ގުނާލެވޭ ވެލިގާ ހާޑްވެއާރ އަކީ އާއްމުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.


Press Contact:
Irufaau Abdullah +960 3327826